މާފަށް އެދުނު ވައްޑެ ސްޓޭޓް މިނިސްޓަރަކަށް!
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:52
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޕާޓީ ދޫކޮށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ގުޅުނު މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފި އެވެ.
ވައްޑެ އަށް މި ސަރުކާރުގެ އިސް މަގާމެއް ދެއްވިއިރު، އޭނާ ވަނީ ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެކި ފަހަރު މަތިން ވާހަކަ ދައްކަވައިފަ އެވެ.
ނަމަވެސް މިދިޔަ މަހުގެ އޭނާ ވަނީ ރައީސާއި ފަސްޓް ލޭޑީގެ ކިބައިން މާފަށް އެދުމަށް ފަހު، ޕީއެންސީ އަށް ސޮއި ވެސް ކުރައްވައިފަ އެވެ.