ޖަވާބުދާރީނުވެވޭ ވަރުގެ ކަމެއް ނުކުރަން، ފެނަކައިގެ ފައިސާއެއްގައި ނުޖެހެން: އިބޫ

މިހާރު

2 އޮކްޓޯބަރު 2025 | ބުރާސްފަތި | 5:38

ވެރިކަމުގައި ހުންނެވިއިރު، ޖަވާބުދާރީ ނުވެވޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އަދި ފެނަކައިގެ އެއްވެސް ފައިސާއެއްގައި ޖެހިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ޔުޓިލިޓީ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ރިޕޯޓުގައިވަނީ 2021 އިން 2023 އަށް އެ ކުންފުނީގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިޑަށް ނުލައި ބިލިއަނުން ޕްރޮޖެކްޓުތައް ހަވާލުކުރުމާއި ނުއަގުގައި މަސައްކަތްތައް ހަވާލުކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ގެންދަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރަމުންނެވެ.

މައުޟޫޢުތަށް