މާދަމާގެ އެއްވުމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އިސްވެރިން ބައްދަލުކުރައްވައިފި
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:18
އިދިކޮޅު އެމްޑީޕީން އިސް ނަގައިގެން މާދަމާ ރޭ މާލޭގައި ބާއްވާ އެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ސިފައިންނާއި ފުލުހުންގެ އިސްވެރިން ސިފައިންގެ މައި މަރުކަޒުގައި މިއަދު ހަވީރު ބައްދަލުކުރައްވައިފި އެވެ.
ބަންޑާރަކޮށީގައި ބޭއްވި އެ ހާއްސަ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެނގިފައި ވެ އެވެ.
އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފުސީލެއް ސަލާމަތީ ހިދުމަތުން މީޑިއާއާ އަދި ހިއްސާ ނުކުރެ އެވެ.