އެމްޑީޕީން 3.6 މިލިއަން ނުދައްކާތީ އެކައުންޓުތައް ފްރީޒްކުރަން މޯލްޑިވިއަންއިން ކޯޓުގައި އެދިއްޖެ

މިހާރު

2 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:01

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގައުމީ އެއާލައިން މޯލްޑިވިއަންގައި އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ އެ ޕާޓީގެ އެކައުންޓުތައް ފްރީޒްކޮށްގެން ފައިސާ ހޯދަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ސިވިލް ކޯޓުގައި އެދިއްޖެ އެވެ.

ކެމްޕެއިން ތެރޭގައި މޯލްޑިވިއަންގެ ފްލައިޓްތަކުން އެމްޑީޕީން ކުރި ދަތުރުތަކަށް ލިބެންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ނުލިބި އޮތް 3.6 މިލިއަން ރުފިޔާ އެއް މަސް ތެރޭގައިި ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ހުކުމްކޮށްފަ އެވެ. އެކަމަކު އެ ފައިސާ އަދިވެސް ދައްކާފައެއް ނުވެ އެވެ.

އެހެންވެ، އައިލެންޑް އޭވިއޭޝަން ކުންފުނިން އެދިފައިވަނީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދިން ފައިސާގެ ތެރެއިން އެ ފައިސާ އުނިކުރުމަށްފަހު ކޯޓު މެދުވެރިކޮށް ހޯދުމަށެވެ.

މައުޟޫޢުތަށް