ދިރާގުން އައިފޯނެއް ދޭ ސޯޝަލް މީޑިއާ ގިވްއަވޭއެއް!
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:03
ދިރާގުން އިއްޔެ ފާހަގަކުރި އަހަރީ ދުވަހާ ގުޅިގެން، އައިފޯނެއް ލިބޭ ސޯޝަލް މީޑިއާ ގިވްއަވޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
އައިފޯން 17 ޕްރޯ މެކްސްއެއް ލިބޭ އެ ގިވްއަވޭގައި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ. އައިފޯނު ހޯދުމަށް ދިރާގުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ފޮލޯކޮށް ގިވްއަވޭ ޕޯސްޓް ސްޓޯރީއަށް ޝެއާކޮށް ޕޯސްޓުގައި "🧡Done #Dhiraagu" ޖަހާ ކޮމެންޓު ކުރަން ޖެހޭނެ އެވެ.
މިދިޔަ މަހު ނެރުނު އައިފޯން 17 އަކީ ދިވެހިންގެ މެދުގައި މަގުބޫލު، އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ވަރުގަދަ ފޯނެވެ.