ކާބޯތަކެތީގެ ހިދުމަތްދޭ 1،000 އަށްވުރެ ގިނަ ތަން އިންސްޕެކްޓްކޮށް، ބަންދުކުރީ 70 ތަނެއް
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:12
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި 1،010 ތަނެއް ބެލި ކަމަށާއި އޭގެ ތެރެއިން 70 ތަނެއް ބަންދުކުރަން ޖެހުނު ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން ބުނީ މިދިޔަ މަހުގެ 21 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި 1،010 ތަނެއް ބަލައިފާސްކުރި ކަމަށެވެ. އޭގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންްގާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ތަންތަނާއި ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ހިމެނޭ ކަމަށް ބުންޏެވެެ.
މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީއާ ވެސް ގުޅިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތާ ގުޅިގެން އެމްއެފްޑީއޭ އިން ބުނިގޮތުގައި ރަޖިސްޓްރީނުކޮށް ގަވާއިދާ ހިލާފަށް ހިންގަމުން ގެންދާތީ އާއި މުއްދަތު ހަމަވުމަށް ފަހު ހުއްދަ އާނުކޮށް ހިންގަމުންދާތީ 70 ތަނެއް އެ އިންސްޕެކްޝަނުގައި ބަންދުކުރި އެވެ. އަދި ހުއްދަ އާކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅާފައިވާތީ 27 ތަނަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެެ.