އަންހެނުންނަށް ހާއްސަ ފައިނޭންސިން ސްކީމެއް އަންނަ މަހު ފަށަން އެސްޑީއެފްސީ ތައްޔާރުވެއްޖެ
މިހާރު
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:56
އަންހެނުން ވިޔަފާރީގެ ދާއިރާ އަށް ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މުޅިން އާ ފައިނޭންސިން ސްކީމެއް އަންނަ މަހު ތައާރަފު ކުރަން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ، އެ ސްކީމުގެ ބޭނުމަކީ އަންހެނުން ވިޔަފާރީގެ ދާއިރާ އަށް ނެރުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރާކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުވައި، އިގްތިސާދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމަކީ އެ ސްކީމުގެ އެއް ބޭނުން ކަމަށް އެސްޑީއެފްސީން ބުންޏެވެ. .
އެ ސްކީމުގެ ދަށުން ތަފާތު އެކި ދާއިރާތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތަކުން އެސްޑީއެފްސީއިން ފައިނޭންސިން ދޭނެ އެވެ. އެ ސްކީމަށް ނޮވެމްބަރު މަހު އެޕްލިކޭޝަނަށް ހުޅުވާލާނެ އެވެ.