މިއީ ވެރިކަން ހޯދަން ގައުމު އިނދަ ޖައްސާލަން ކުރާ މުޒާހަރާއެއް: ގާސިމް
މިހާރު
3 އޮކްޓޯބަރު 2025 | ހުކުރު | 11:42
ސަރުކާރުތަކުން ވާރުތަވި ދަރަނިތައް ދައްކައި އިގްތިސާދީ ހާލަތު ރަނގަޅު ކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން ދަނިކޮށް، އިދިކޮޅު އެމްޑީޕީން މަގުތަކަށް އެއްވެ ކުރަން އުޅޭ މުޒާހަރާއަކީ ވެރިކަން ހޯދުމަށް ގައުމު އިތުރަށް އިނދަޖައްސައި ވަޅުގަނޑަކަށް ވައްޓާލުން ކަމަށް ޖޭޕީގެ ލީޑަރު، އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު "ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.
އެކަމާ ގުޅިގެން، ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއީ ބިނާކުރުވަނިވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށެވެ. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.