އެމްޑީޕީގެ އެއްވުމާ ގުޅުވައި، މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ
މިހާރު
3 އޮކްޓޯބަރު 2025 | ހުކުރު | 5:56
އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެފައިވަނިކޮށް، މާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން ކަމަށް ބުނެ، މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ފުލުހުން ނިންމައިފި އެވެ.
"އެކްސް" ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
"މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދެން. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން" ފުލުހުން ބުންޏެވެ.