ހިޔާ ފްލެޓްތައް ކައިރީގައި މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި

މިހާރު

3 އޮކްޓޯބަރު 2025 | ހުކުރު | 8:23

ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތައް ކައިރީގައި މިއަދު ހަވީރު މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހަވީރު 5:00 ހާއިރު ހުޅުމާލެ 2 ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އެ ތަނުގައި މާރާމާރީ ހިންގާ މަންޒަރު ފެނިގެން އެ ތަނުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.

އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކުރިއިރު އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.

މައުޟޫޢުތަށް