ރައްޔިތުންގެ ނިންމުމަށް އިހުތިރާމްު ކުރަން ޖެހޭނެ، ބަދަލުވާން ޖެހެނީ ވޯޓުން: ޕީއެންސީ

މިހާރު

4 އޮކްޓޯބަރު 2025 | ހޮނިހިރު | 12:00

ދިވެހި ރައްޔިތުން ވަނީ އެ މީހުންގެ ނިންމުން މިނިވަން އިންސާފުވެރި އިންތިހާބަކުން އިއްވާފައި ކަމަށާއި ސިޔާސީ ބަދަލު ގެންނަން ޖެހޭނީ ވޯޓަކުން ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރުމާ އެކު، ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ހަގީގީ ސިޔާސީ ބަދަލު އަންނަން ޖެހޭނީ ޑިމޮކްރެޓިކް މުއައްސަސާތައް މެދުވެރިކޮށް ކަމަށާއި އެއީ ބިނާކުރަނިވި ބަހސްތަކުގެ ތެރެއިން ގޮސް ނަގާ ވޯޓަކުން ކަމަށެވެ.

"މަގުމައްޗަށް ހަވަރު އެއްވެ ހިންގާ ހަމަނުޖެހުމަކުން ނޫން. ހަމަނުޖެހުން އުފައްދައި ރައްޔިތުންގެ ނިންމުން އެ ފުށްމިފުށަށް ޖަހަން [ސަަރުކާރު ބަދަލުކުރަން] ކުރާ މަަސައްކަތަކީ ޑިމޮކްރަސީއަށް ދޭ ހަމަލާއެއް،" ޕީއެންސީގެ ބަޔާގައި ބުންޏެވެ.

މައުޟޫޢުތަށް