ރޭގެ މުޒާހަރާ ރޫޅާލަން ތޫނު އަޑު ފޮނުވާ ހަތިޔާރެއް ފުލުހުން ބޭނުންކުރުމުން ކަންބޮޑުވުން!
މިހާރު
4 އޮކްޓޯބަރު 2025 | ހޮނިހިރު | 1:52
އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށް ތޫނު އަޑު ފޮނުވާ ހަތިޔާރެއް ފުލުހުން ބޭނުންކުރި މައްސަލަ ފެންމަތިވެއްޖެ އެވެ.
ތޫނު އަޑު ފޮނުވުމަށް ފުލުހުން ބޭނުންކުރީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެކެވެ. ފުލުހުން އެ އާލާތް ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެލްއާރުއޭޑީއަކީ މުޒާހަރާތައް ކޮންޓްރޯލް ކުރަން އެކި ގައުމުތަކުގައި ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. އެ އާލަތް ބޭނުންކުރަނީ މުޒާހަރާ ކުރާ މީހުންނަށް އިންޒާރު ދިނުމަށެވެ. އަދި ފުލުހުންގެ އަމުރަށް ތަބާނުވެއްޖެ ނަމަ ކަންފަތަށް އުނދަގޫވާ ވަރުގެ ވަރަށް ތޫނު އަޑެއް އެ އިން ފޮނުވަ އެވެ.