ރާއްޖެއާ ދެކޮޅަށް ނުކުންނަން ގެލާއަށް ފުރުސަތެއް ނުލިބުނު، ތަޖިކުސްތާނުން އާ ކޯޗަކު ހޯދައިފި

މިހާރު

4 އޮކްޓޯބަރު 2025 | ހޮނިހިރު | 2:33

ރާއްޖެއާ ދެކޮޅަށް ނުކުންނަން ފުރުސަތު ނުލިބި ތަޖިކިސްތާނުގެ ކޯޗުކަން ގެލޭ ޝެކިލާޒީ އަށް ގެއްލިއްޖެ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ގެލާ، މިދިޔަ އަހަރެއްހާ ދުވަހު މަސައްކަތް ކުރީ ތަޖިކިސްތާނުގެ ހެޑް ކޯޗުގެ ގޮތުގަ އެވެ. ޖޯޖިއާ އާއި ބެލްޖިއަމް އަށް ވެސް ނިސްބަތްވާ، ގެލާ ވަނީ ރާއްޖޭގެ ކުރީގެ ކޯޗު ޕީޓާ ޝެގަޓްގެ އެސިސްޓެންޓެއްގެ ގޮތުގައި ރާއްޖޭގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ބަންގްލަދޭޝްގައި 2018 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނުމުގައި ގެލާ ވަނީ މުހިންމު ހިއްސާއެއް ވެފަ އެވެ.

މައުޟޫޢުތަށް