އިންޑިއާގައި އިތުރު ކުދިންތަކެއް މަރުވެއްޖެ، ޝައްކުވާ ބޭހުން އަދި މައްސަލައެއް ނުފެނޭ

މިހާރު

5 އޮކްޓޯބަރު 2025 | އާދިއްތަ | 6:42

ކެއްސާތީ ދޭ ބޭހެއް ބުއި ފަހުން އިންޑިއާގައި ކުދިންތަކެއް މަރުވި މައްސަލަ ބަލަމުން ދަނިކޮށް އިތުރު ކުދިންތަކެއް ވެސް މަރުވެފައިވާ ކަމަށާއި އެކަމަކު ބޭހުގެ ޓެސްޓްކުރި ސާމްޕަލްތަކުން އަދި މައްސަލައެއް ނުފެންނަ ކަމަށް ބުނެފި އެވެ.

މަދިޔަ ޕްރަދޭޝް އާއި ރާޖަސްތާންގައި މިހާރު ވަނީ، ކެއްސާތީ ދޭ ސިރަޕެއް ކަމަށްވާ "ކޮލްޑްރިފް" ދިން ފަހުން މަރުވި ކުދިންގެ އަދަދު 12 އަށް އަރައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ކުދިން މަރުވެފައިވަނީ ބޭސް ދިން ފަހުން ކިޑްނީގައި އިންފެކްޝަން އުފެދި ކިޑްނީ ފެއިލްވެގެންނެވެ.

ހެލްތު އެންޑް ފެމިލީ ވެލްފެއާ މިނިސްޓްރީން ބުނީ ކިޑްނީއަށް ގެއްލުން ލިބޭ އިންޑަސްޓްރިއަލް ކެމިކަލްތައް ކަމަށްވާ ޑައިތިލީން ގްލައިކޯލް (ޑީއީޖީ) އާއި އެތިލީން ގްލައިކޯލް (އީޖީ) ގެ އެއްވެސް އަސަރެއް، ސުވާލު އުފެދިފައިވާ ބޭހުގެ ލެބޯޓްރީ ޓެސްޓްތަކުން ފެނިފައި ނުވާ ކަމަށެވެ.

މައުޟޫޢުތަށް