ރޭ ހިންގީ ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގި ޓެރަރިޒަމްގެ ހަރާކާތެއް: ނައިބު ރައީސް
މިހާރު
4 އޮކްޓޯބަރު 2025 | ހޮނިހިރު | 7:06
އެމްޑީޕީން އިސް ނަގައިގެން ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުން ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުމަކަށް ބަދަލުވުމާ ގުޅިގެން އެއީ ޓެރަރިޒަމްގެ ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ސިފަކުރައްވައި ފާޑުވިދާޅުވެއްޖެ އެވެ.
ރޭގެ ނުވައެއް ޖެހިއިރު އާޓިފިޝަލް ބީޗުގައި "ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އެއްވުން ފެށި ނަމަވެސް އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކޮށްލުމާ އެކު، އެ މީހުންނާއި ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގި އެވެ. އެ މީހުން ފަހަތަށް ޖައްސަން ފުލުހުން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ބޭނުންކުރިއިރު ބައެއް މީހުންނަށް އަނިޔާވި އެވެ.
އެ ކަންކަމާ ގުޅިގެން ނައިބު ރައީސް ހުސައިން އެކްސްގައި ވިދާޅުވި ގޮތުގައި އެއީ ސުލްހަވެރި އިހުތިޖާޖެއްގެ ނަމުގައި ގައުމުގެ ސުލްސަމަސަލަސްކަން ނަގާލައި ހަލަބޮލި ކުރުމަށް އެމްޑީޕީން ބޭއްވި ހަރަކާތެކެވެ. އަދި އެ ކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ ކަމަށް ވިދާޅުވި އެވެ.