ސިޔާމް ހުޅުމާލެއިން 31 މިލިއަނަށް ބިމެއް ބައްލަވައިގެންފި
މިހާރު
4 އޮކްޓޯބަރު 2025 | ހޮނިހިރު | 7:13
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު 31 މިލިއަން ރުފިޔާއަށް ހުޅުމާލެ 2 އިން ބިމެއް ބައްލަވައިގެންފި އެވެ.
އެޗްޑީސީގެ މިލްކުވެރިކަމުގެ ދަށުގައި އޮތް 3،252 އަކަފޫޓްގެ ބިން ސިޔާމަށް 31 މިލިއަން ރުފިޔާއަށް އެޗްޑީސީން ވިއްކުމުން އެ ބިން ގަނެ، ފައިސާ ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. އެހެންވެ، ބިމުގެ މިލްކުވެރިކަން ސިޔާމްއަށް ބަދަލުކޮށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
މަތީ ފަންތީގެ ގިނަ ރިސޯޓްތަކެއް ހިންގަވައި، ސިޔާމްގެ އިތުރު ބިންތައް ވެސް ހުރެ އެވެ.