ޑިމާންޑްތަކަށް އިޖާބަނުދީފި ނަމަ ނޮވެމްބަރު 17 ގައި އެމްޑީޕީ އަލުން މުޒާހަރާއަށް

މިހާރު

4 އޮކްޓޯބަރު 2025 | ހޮނިހިރު | 10:18

އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ސަރުކާރަށް ކުރި ޑިމާންޑުތަކަށް އިޖާބަ ނުދީފި ނަމަ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އަނެއްކާވެސް ބޮޑު މުޒާހަރާއެއް ކުރަން އެ ޕާޓީން މިރޭ ނިމްމައިފި އެވެ.

"ލޫޓުވާލައިފި" ނަމުގައި ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި ސަރުކާރަށް ޑިމާންޑްތަކެއް ކޮށްފައިވާއިރު، އެ އެއްވުމަކީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ދިން "އިންޒާރެއް" ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އާޓިފިޝަލް ބީޗުގައި ރޭގެ ނުވައެއް ޖެހިއިރު ފެށި ބޮޑު އެއްވުމުގެ ބައިވެރިން ފުލުހުންނާ އެކު އެމްޑީޕީން ވި އެއްބަސްވުމާ ހިލާފަށް މަޖީދީ މަގުން ދާން އުޅުމުން ފުލުހުން އެ މީހުންނަށް ހުރަސް އެޅި މައްސަލަ ކުށްވެރިކޮށް މިރޭ ބޭއްވި ގައުމީ މަޖިލީހަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ގަރާރެއް ހުށަހެޅުއްވި އެވެ. އެ ގަރާރުގައި ގޮވައިލީ ރޭގެ އެއްވުމުން ހައްޔަރުކުރި 8 މީހުންގެ ތެރެއިން ބަންދުކުރި ހަ މީހުން ދޫކޮށްލުމަށެވެ.

މައުޟޫޢުތަށް