ޓީޗަރުންނަށް ކުރިއެރުން ހޯދައިދޭން ހާއްސަ ސަމާލުކަމެއް ދޭނަން: ރައީސް

މިހާރު

5 އޮކްޓޯބަރު 2025 | އާދިއްތަ | 8:50

ހުރިހާ ޓީޗަރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައި ދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ވިދާޅުވީ، "ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަމުގެ ޔަގީންކަން އަރުވާ" ކަމަށެވެ.

"މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެ އާއި އާހިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގު ނުކުރެވޭނެ ގަދަރުވެރި، ފަހުރުވެރި ހިދުމަތެއް،" ދުވަހުގެ ތަހުނިޔާ ޓީޗަރުންނަށް ދަންނަވަމުން ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް