ހުޅަނގުން އީރާނަށް އަޅާ ފިޔަވަޅުތަކާ ރާއްޖޭން ދެކޮޅު ހަދަން އެދިއްޖެ
މިހާރު
5 އޮކްޓޯބަރު 2025 | އާދިއްތަ | 12:44
ނިއުކްލިއާ މަޝްރޫއާ ގުޅުވައި ހުޅަނގުގެ ގައުމުތަކުން އީރާނަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ރާއްޖޭން ދެކޮޅު ހަަދަން އެދިވަޑައިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޝީ ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވައިފި އެވެ.
ސްރީ ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި އަރަގްޝީ އެފަދަ ސިޓީއެއް ފޮނުވިކަން ހާމަކުރެއްވީ ރާއްޖެއާ ލަންކާއާ ދެ ގައުމަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީރިޒާ ޑިލްކުޝް އެވެ. ސަފީރާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި ފިޔަވަޅުތަކާ ދެކޮޅު ހަަދަން އެދިވަޑައިގެން ލަންކާއަށް ވެސް އަރަގްޝީ ސިޓީ ފޮނުއްވި އެވެ.
ސިޓީގައި އޭނާ އެދިވަޑައިގަތީ ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން އެޅި ފިޔަވަޅުތަކާ، ދެ ގައުމުން ވެސް ފާޅުގައި ދެކޮޅުހެދުމަށެވެ. އީރާނަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރާ ނަމަ އެއީ އެހެން ގައުމުތަކާ ދެކޮޅަށް އަމަލުކުރާނެ ނުބައި "ޕްރެސިޑެންޓެއް" އުފަންވާނެ ސަބަބަކަށް ވެދާނެ ކަމަށް ވެސް އަރަގްޝީ ވިދާޅުވި އެވެ.