މާގިރީގައި ކޮފީ ދުވަސް ފާހަގަކުރީ އިލީގެ ރަހަތަކުން

މިހާރު

5 އޮކްޓޯބަރު 2025 | އާދިއްތަ | 11:53

ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ސިމްޑީ ރެސޫ އާއި މާގިރި ހޮޓެލް ގުޅިގެން، ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

ކޮފީ އަށް ލޯބިކުރާ ފަރާތްތަކާއި ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރާ ލީޑަރުންނާއި އިންފްލުއެންސަރުން ބައިވެރިވި އެ އިވެންޓުގައި، ސިމްޑީން ވިއްކާ އިލީ ބްރޭންޑުން މިފަހުން ތައާރަފްކުރި އާ ބުއިންތަކުގެ ރަހަތައް ވަނީ ތަޖުރިބާކޮށްފަ އެވެ. މަޝްހޫރު ލަވަ ކިޔުންތެރިޔާ އަހުމަދު ހުމާމް (ޒޯލޯ)ގެ ރީތި މިއުޒިކީ ހުށައެޅުންތަކާ އެކު ކުރިއަށް ދިޔަ އެ ހަރަކާތަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް ސިމްޑީން ބުންޏެވެ.

އަދި މިއީ، ކޮފީއަށް ލޯބިކުރާ ގިނަ މީހުންނަށް އިލީ ކޮފީގެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދެވުނު ހަރަކާތެއްގެ ގޮތުގައި ވެސް އެ ކުންފުނިން ސިފަކުރެ އެވެ.

މައުޟޫޢުތަށް