ލައިސަންސް ނެތި ދުއްވަނިކޮށް ޖެހުނީ ކުޑަ ކުއްޖެއްގެ ގައިގައި
މިހާރު
5 އޮކްޓޯބަރު 2025 | އާދިއްތަ | 12:27
ގދ. ތިނަދޫގައި ކުއްލިއަކަށް މަގުމައްޗަށް ނުކުތް ކުޑަކުއްޖެއްގެ ގައިގައި، ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް އިއްޔެ ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތިނަދޫ އާބާދީ ހިނގުމުން މިއުޒިއަމް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އުމުރުން ހަ އަހަރު ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މީހާ މިހާރު ވަނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.