ހިތުގެ ބަލިތައް ދެނެގަތުމަށް ހިލޭ ޑޮކްޓަރަށް ދެއްކޭ ކެމްޕެއިނެއް ޓްރީ ޓޮޕްގައި ފަށައިފި

މިހާރު

5 އޮކްޓޯބަރު 2025 | އާދިއްތަ | 12:18

މުޖުތަމައުގައި ހިތުގެ ދުޅަހެޔޮކަމާއި ހިތުގެ ބަލިތަކާއި ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް، ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

"ހިތުގެ ވިންދުން ދުޅަހެޔޮ މާދަމާއަކަށް" ނަމުގައި މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހިންގާ އެ ކެމްޕެއިންގެ ބޭނުމަކީ އަސާސީ ހިތުގެ ފަރުވާ ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހެދުމަށް، މާލީ ހުރަސްތައް ނައްތާލުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

މި ކެމްޕެއިނުގެ ދަށުން، އެ ހޮސްޕިޓަލުގެ ހިތުގެ ބަލިތަކާ ގުޅޭ ޑޮކްޓަރަކަށް ދެއްކުމަށް ރަޖިސްޓަރީކުރާ ބަލިމީހުންނަށް ހިލޭ ޑޮކްޓަރަށް ދެއްކޭނެ އެވެ. އަދި ޑޮކްޓަރު ލަފާ ދީފި ނަމަ އެންޖިއޯގްރަފީ ޓެސްޓު ވެސް ހިލޭ ހެދޭނެ އެވެ. މި ކެމްޕޭން ކުރިއަށް ގެންދާނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ހިތުގެ ބަލީގެ ކޮންސަލްޓަންޓުން ކަމަށްވާ ޑރ. އަމިތް އަގަރުވާލް އާއި ޑރ. މޫސާ މަނިކު އަދި ޑރ. އަޒީޒް އަހުމަދުގެ ބެލުމުގެ ދަށުންނެވެ.

މައުޟޫޢުތަށް