ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރަން މަސައްކަތްކުރާ ބަޔަކަށް ޓީޗަރުން ވާންޖެހޭ: މިނިސްޓަރު

މިހާރު

5 އޮކްޓޯބަރު 2025 | އާދިއްތަ | 1:36

ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ޓީޗަރުން ވާންޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ޓީޗަރުން ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިންކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ ވެސް ޓީޗަރުން ކަމަށް ވެސް ވިދާޅުވި އެވެ.

މި އަހަރުގެ ޝިއާރުގައި ފާހަގަކޮށްފައިވާ ފަދައިން ޓީޗަރުންނަކީ ގުޅިގެން މަސައްކަތްކޮށް، ކިޔަވައިދިނުމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް