4،000 ފްލެޓް ދޫކުރުން: 1،273 މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި
މިހާރު
5 އޮކްޓޯބަރު 2025 | އާދިއްތަ | 4:03
ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ދޫކުރަމުން އަންނަ އިރު މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ.
އެފްޑީސީން "މިހާރު"އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެޑްވާންސް ޑިޕޮސިޓް ފައިސާ ދައްކަން އެންގީ 1،731 މީހުންނަށެވެ. އޭގެ ތެރެއިން މިހާތަނަށް 1،273 މީހުން ފައިސާ ދައްކާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.