ޓްރަމްޕްގެ ޑީލް ގަބޫލުކުރުމުން ރާއްޖޭން ހަމާސްއަށް މަރުހަބާކިޔައިފި

މިހާރު

5 އޮކްޓޯބަރު 2025 | އާދިއްތަ | 4:45

ޣައްޒާގައި އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޑީލް ހަމާސް ޖަމާއަތުން ގަބޫލުކުރުމުން، ރާއްޖެ އާއި އިސްލާމީ ބައެއް ގައުމުތަކުން އެ ކަމަށް މަރުހަބާ ކިޔައިފި އެވެ.

ރާއްޖެއާއި އިސްލާމީ ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ ޓްރަމްޕް ހުށަހެޅުއްވި ގޮތަށް، ދިރިތިބި ހުރިހާ އަސީރުން މިނިވަންކޮށް، މަރުވެފައިވާ އަސީރުންގެ ހަށިތައް ހަވާލުކޮށް، މަޝްވަރާތައް ވަގުތުން ފަށަން ހަމާސް އިން އެއްބަސްވުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އެ ބަޔާން ނެރުނީ ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، މިސްރު، ތުރުކީ އުރުދުން، އިންޑޮނީޝިއާ އަދި ޕާކިސްތާނުގެ ފޮރިން މިނިސްޓަރުން ގުޅިގެންނެވެ.

ބަޔާނުގައިވާ ގޮތުން، ހަނގުރާމަ ހުއްޓާލަން ޓްރަމްޕް އިޒްރޭލަށް ގޮވާލުމުން އެކަމަށް ވެސް ފޮރިން މިނިސްޓަރުން މަރުހަބާ ވިދާޅުވި އެވެ.

މައުޟޫޢުތަށް