ބިދޭސީންގެ ފީ އާއި ޖޫރިމަނާ ދައްކަމުންދާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެނީ
މިހާރު
5 އޮކްޓޯބަރު 2025 | އާދިއްތަ | 7:56
ބިދޭސީން ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ޖޫރިމަނާތައް މިހާތަނަށް ގަވާއިދުން ދައްކަމުންދާ ފަރާތްތަކަށް އެ ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދޭން ހޯމް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ބިދޭސީންގެ ފައިސާ ބަހާލައިގެން ދައްކަން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކުގެ މުއްދަތު އިތުރުކޮށް ދިނީ މިހާތަނަށް އެ އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތަކަށެވެ. އަދި އެ ފަރާތްތަކަށް އިތުރު ފުރުސަތެއް ދީ، އެކަމުގައި ލުޔެއް ދިނީ އެ ފައިސާ ދެއްކުމުގައި ގޮންޖެހުންތައް ހުރި ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާތީ ކަމަށް އެ އިއުލާނުގައިވެ އެވެ.
"އެހެންކަމުން 2025 އޮކްޓޯބަރ 10 ވަނަ ދުވަހުން ފެށިގެން، ގަވާއިދުން ފީތައް ދައްކާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" އިއުލާނުގައި ބުނެފައިވެ އެވެ.