އައްޑޫ ކައުންސިލް އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓު މިމަހު ނަގަނީ
މިހާރު
5 އޮކްޓޯބަރު 2025 | އާދިއްތަ | 10:54
އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ތިން ރަށް ވަކިކޮށް، އެ ތިން ރަށަށް ރަށު ކައުންސިލް އުފެއްދުމާ މެދު އައްޑޫގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލަން ފެންނަ ނުފެންނަ ވޯޓު މި މަހު ނަގަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ވޯޓު ނެގުމާ މެދު ކެބިނެޓުން ގޮތެއް ނިންމީ އައްޑޫގެ ބައެއް މީހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކެބިނެޓުން ނިންމީ ފޭދު އާއި ހުޅުދޫ އަދި މީދު އަށް ރަށު ކައުންސިލް އުފެއްދުމާ މެދު އެ ތިން ރަށުގެ މީހުންނަށް ފެންނަ ގޮތް ބަަލަން ވޯޓު ނެގުމަށެވެ. ވޯޓު ނަގާނީ ފޭދު އަށް ވަކި ކައުންސިލެއް ވަކިން އުފެއްދުމާ އެކު، ހުޅުދު އާއި މީދޫ އެއް ކައުންސިލުން ހިންގަން "އައްޑޫ ހުޅުމީދޫ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ކަމަށް ވެސް ކެބިނެޓުން މިއަދު ނިންމި ކަމަށް ރައީސް އޮފީހުން ބުންޏެވެ.