މާލޭގައި އެންމެ ކުޑަ ކުލި ވެސް 8،000ރ. ގައި
މިހާރު
7 އޮކްޓޯބަރު 2025 | އަންގާރަ | 10:43
މާލެ ސަރަހައްދުގައި އެންމެ އަގުބޮޑުކޮށް އެޕާޓުމަންޓުތައް ދޫކުރަނީ ހުޅުމާލެއިން. ހުޅުމާލެއިން އެންމެ އަގު ހެޔޮކޮށް ވެސް އެއް ކޮޓަރީގެ އެޕާޓްމެންޓް ލިބެނީ 8،750ރ. އަށް. އަދި 22،000ރ. އާ ހިސާބަށް މި އަގު މައްޗަށް ދާ ކަމަށް ދައްކާ.
މުޅި ރާއްޖެ ޖަމާވެފައިވާ މާލެ ސަރަހައްދުގައި އެންމެ ބޮޑު ކަމަކީ ވެސް އަދި އެއްޗަކީ ވެސް ކުއްޔެވެ. ސޯޝަލް ހައުސިން ފްލެޓްތައް ދޭ ދުވަސްވަރެއް ނަމަ ކުލިތައް ކުޑަކޮށް ދަށަށް ޖެހިލިޔަސް މިއީ މާލެ ސަރަހައްދުގައި އަބަދުވެސް ބޮޑުވަމުންދާ ބުރަ އެވެ. ސަބަބަކީ މާލޭގައި ކުއްޔަށް އުޅޭ މީހުންގެ އާބާދީ ކޮންމެ އަހަރަކު ވެސް އިތުރުވަމުން ދިއުމެވެ.
މިކަމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހެދި ދިރާސާއެއްގެ ނަތީޖާ އާންމުކޮށްފައި ވާއިރު މާލޭގެ އެކި އަވަށްތަކުގައި އަހަރުގެ އެކި ދުވަސްވަރު ކުއްޔަށް އަންނަ ބަދަލު ހާމަވެ އެވެ. މިއީ ފެބްރުއަރީ 2023 އިން ޖެނުއަރީ 2024 އާ ހަމައަށް، އެއް އަހަރު ތެރޭގައި މާލެ ސަރަހައްދުގެ އެކި ތަންތަނުގެ ކުލިތަކަށް އައި ބަދަލުގެ މައްޗަށް ހެދި ދިރާސާއެކެވެ.