ރެކޯޑް މުގުރާލެވުމުގެ އުފަލުގައި ގާޑިއޯލާ ދޭ ރޭގަނޑުގެ ކެއުމެއް ފާގަސަން އާއި ވެންގާއަށް

މިހާރު

6 އޮކްޓޯބަރު 2025 | ހޯމަ | 7:40

ޕްރިމިއާ ލީގުގައި 250 މެޗުން މޮޅުވެ، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރެކޯޑެއް ހަދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ބްރެންޓްފޯޑާ ދެކޮޅަށް 1-0 ސިޓީން ހޯދި މޮޅާ އެކު ގާޑިއޯލާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ކުރު މުއްދަތަކުން 250 މެޗުން މޮޅުވުމުގެ ރެކޯޑް ހަދައިފަ އެވެ. އެ އަދަދު އޭނާ ހަމަ ކުރީ 349 މެޗުންނެވެ.

މަޝްހޫރު އެލެކްސް ފާގަސަން މެންޗެސްޓާ ޔުނައިޓެޑާ އެކު އެ އަދަދު މޮޅުވުމުގެ ރެކޯޑް ހާސިލު ކުރީ 404 މެޗުންނެވެ. އާސެނަލްގެ ލެޖެންޑަރީ ކޯޗު އާސެން ވެންގާ އެ އަދަދަށް ވާސިލުވީ 423 މެޗުންނެވެ. ޔުނައިޓެޑްގެ ކުރީގެ ކޯޗު އަދި މިހާރު ސަންޑަލޭންޑްގެ ކޯޗު ޑޭވިޑް މޮއިސް 250 މެޗުން މޮޅުވީ 645 މެޗުންނެވެ.

މައުޟޫޢުތަށް