އެއް އަހަރުގެ ތެރޭގައި 60،000 އަށް ވުރެ ގިނަ ވޯކްޕާމިޓް ކެންސަލް

މިހާރު

6 އޮކްޓޯބަރު 2025 | ހޯމަ | 9:59

މިދިޔަ އެއް އަހަރުގެ ތެރޭގައި 60،000 އަށް ވުރެ ގިނަ ވޯކްޕާމިޓް ކެންސަލް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް 123،361 ބިދޭސީންގެ ވޯކްޕާމިޓް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރެއިން އެންމެ ގިނަ މީހުންގެ ހުއްދަ ބާތިލް ކޮށްފައިވަނީ ނޮވެމްބަރު 17، 2023 އިން ފެށިގެން ނޮވެމްބަރު 18، 2024 ގެ ނިޔަލަށެވެ. އެ މުއްދަތުގައި 68،848 ބިދޭސީއަކަށް ވޯކްޕާމިޓް ދޫކޮށް އަދި 62،709 ބިދޭސީއެއްގެ ވޯކްޕާމިޓް ބާތިލްކޮށްފައިވެ އެވެ.

މައުޟޫޢުތަށް