ހަށިވިއްކުމާއި ސެކްސް ޓްރެފިކިންގެ ދައުވާ ސާބިތުވެ ޑިޑީ ހަތަރު އަހަރަށް ޖަލަށް

މިހާރު

6 އޮކްޓޯބަރު 2025 | ހޯމަ | 10:32

ހަށިވިއްކުމާއި ސެކްސް ޓްރެފިކިންގެ ދައުވާ ސާބިތުވެ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ޖޯން ކޮމްބްސް (ޕީ ޑިޑީ) ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

އެމެރިކާގެ ނިއު ޔޯކުގެ ޑިސްޓްރިކް ކޯޓުން ޑިޑީގެ މައްޗަށް އެ ހުކުމް އިއްވީ މިދިޔަ ހުކުރު ދުވަހު އެވެ.

އޭނާގެ ކުރީގެ ދެ ލޯބިވެރިއަކު ލައްވައި ހަށިވިއްކުވިކަމާއި ސެކްސް ޓްރެފިކިންގެ އަމަލު ހިންގިކަން ޑިޑީގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެހެންވެ އޭނާ ހަތަރު އަހަރާއި ދެ މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

މައުޟޫޢުތަށް