ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހް

މިހާރު

6 އޮކްޓޯބަރު 2025 | ހޯމަ | 11:57

އެމްޑީޕީން މިދިޔަ ހުކުރުދުވަހުގެ ރޭ ކުރި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ފުލުހުންނާ ކުރިމަތިލައި ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށާއި މިފަދަ ކުށްތަކަށް އަރައިގަންނަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ އެމްޑީޕީގެ މުޒާހަރާއަކީ "އާދަޔާ ހިލާފު ނުރައްކާތެރި" މުޒާހަރާއެއް ކަމަށެވެ. ބައެއް މެމްބަރުން މުޒާހަރާގައި ފުލުހުންނާ ކުރިމަތިލީ "ދުވަހަކު ވެސް އަޅުގަނޑުމެންނަށް ނުފެންނަ ގޮތަކަށް" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހިތާމަކުރަން، ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު [މައުރޫފް ޒާކިރު] އަަޅުގަނޑު ދެކުނިން ބެރިކޭޑެއް ތެރެއަށް [ވަދެ] އޮއްވާ، ވަދެގެން އޮވެ، ފުލުހުންނަށް ހުރަސްއެޅި މަންޒަރު،" ފަލާހް ވިދާޅުވި އެވެ.

މައުޟޫޢުތަށް