ބްލޫ ލެގޫން: ލަގްޒަރީ ދިރިއުޅުމުގެ އާ މާނައެއް!
މިހާރު
6 އޮކްޓޯބަރު 2025 | ހޯމަ | 12:36
އިންޑިއާ އާއި ދުނިޔޭގެ އެކި ތަންތަނުގައި ތަފާތު ގިނަ ޕްރޮޖެކްޓުތަކެއް ހިންގާފައިވާ އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ވަރިންދަރާ ކޮންސްޓްރަކްޝަންސް އިންޓަނޭޝަނަލް ލިމިޓެޑް (ވީސީއެލް) ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ޕްރޮޖެކްޓު މިދިޔަ އޮގަސްޓު މަހު ވަނީ ލޯންޗުކޮށްފަ އެވެ. "ބްލޫ ލެގޫން"ގެ ނަމުގައި ލޯންޗުކުރި މި ޕްރޮޖެކްޓަކީ މިހާތަނަށް ލޯންޗުކުރި މިފަދަ އެންމެ ބޮޑު ޕްރޮޖެކްޓެވެ.
މިއީ ރާއްޖޭގެ ލަގްޒަރީ ދިރިއުޅުން މާނަކުރާ ގޮތް ބަދަލުކޮށްލާނެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް ވީސީއެލް އިން ވަނީ ބުނެފަ އެވެ. ތަނުގެ ކުރެހުމަށް ބަލާއިރު ގިނަ ހިދުމަތްތަކެއް ހިމަނާފައިވަނީ ގުދުރަތީ ރީތިކަން ތަޖުރިބާކޮށް، ދިރިއުޅުން އިތުރަށް ފަސޭހަކޮށްދޭނެ އެކި ވަސީލަތްތަކާ އެކު ހިތްފަސޭހަ ދިރިއުޅުމަކަށް ބޭނުން ވާނެ ކަންކަމާ އެކުގަ އެވެ.
"ޕާލް" އަދި ކޮރަލް"ގެ ނަމުގައި ދެ ޓަވަރަކަށް ހަދާ 18 ބުރީގެ މި ޕްރޮޖެކްޓަކީ ދުނިޔޭގެ މަޝްހޫރު އާކިޓެކްޓް، ހަފީޒް ކޮންޓްރެކްޓްގެ ޑިޒައިނެކެވެ. އޭނާގެ އެކި ޑިޒައިންތަކުން ފެންނަ ރީތިކަމާއި ތަފާތުކަން، މި ޕްރޮޖެކްޓުން ވެސް އެންމެ ފުރިހަމައަށް ފެންނަން ހުންނާނެ ކަމަށް ވީސީއެލް އިން ބުނެ އެވެ.