ވޮކޭޝަނަލަށް ހާއްސަ ސްކޫލު ހިންގާނީ ޕޮލިޓެކްނިކްގައި، މި މަހުގެ ފަހުކޮޅު ކިޔަވައިދޭން ފަށާނެ
މިހާރު
6 އޮކްޓޯބަރު 2025 | ހޯމަ | 5:19
ވޮކޭޝަނަލް ތަމްރީނު ދިނުމަށް އަލަށް ހުޅުވާ ސްކޫލު ހިންގާނީ ޕޮލިޓެކްނިކްގައި ކަމަށާއި މި މަހުގެ ފަހުކޮޅު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
އަލަށް އުފައްދާ "މާލެ ވޮކޭޝަނަލް ހައި ސްކޫލު"ގެ ޖާގައަށް ހުޅުވާލައި އަންނަ ހުކުރު ދުވަހާ ހަމައަށް ފޯމު ހުށަހަޅަން ވަނީ މުއްދަތު ދީފަ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ މަތީ ސާނަވީ އަށް ވޮކޭޝަނަލް ތަމްރީނު ދޭ ސްކޫލު ހުންނާނީ، މިހާރު ވެސް ވޮކޭޝަނަލް ކޯސްތައް ހިންގާ ޕޮލިޓެކްނިކްގެ ތެރޭގައި ކަމަށެވެ. ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔަވައިދޭނީ ހެނދުނުގެ ދަންފަޅީގައި ކަމަށް ޝަފީއު ވިދާޅުވި އެވެ.