ރަށުން ބޭރުން ގެންނަ މުވައްޒަފުން ބައިތިއްބަން އެކޮމޮޑޭޝަން ބްލޮކްތަކެއް އަޅަނީ
މިހާރު
6 އޮކްޓޯބަރު 2025 | ހޯމަ | 2:36
ރަށްރަށުގައި މަސައްކަތް ކުރުމަށް ގެންނަ މުވައްޒަފުން ބައިތިއްބުމަށް އެކޮމޮޑޭޝަން ބްލޮކްތައް އެޅުމަށް ދައުލަތުގެ އަންނަ އަހަރު ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ދިގުރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުތަކަކީ ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުލެއް ފުއްދެވުމަށް ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ.
އެ ދަތުރުފުޅުތަކުގެ ތެރެއިން އެކިއެކި މަޝްރޫއުތައް ފެށުމާއި ނިންމުނުގެ ރަސްމިއްޔާތުތައް ބާއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ވެސް ރައްޔިތުން ބޭނުންވާ ކަންކަން ހިމެނުމަށް ވަނީ ނިންމައިފަ އެވެ.