ޝަރުއީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ބާރެއް: ޖޭއެސްސީގެ ރައީސް

މިހާރު

6 އޮކްޓޯބަރު 2025 | ހޯމަ | 5:15

ރިޒާ ވިދާޅުވީ ވާރޭ ނުވެހޭ އެއްވެސް ކޯޓެއް މާލޭގައި ނެތް ކަަމަށް. ސުޕްރީމް ކޯޓު ބޭރުން ކިތަންމެ ރީއްޗަސް އެ ތަނަށް ވެސް ވާރޭ ވެހޭ ކަމަށާއި ހައި ކޯޓު މިއަދު ހިފަހައްޓަނީ ސީލިންތަކުގައި ދަގަނޑު ޖައްސައިގެން ވިދާޅުވި،

ޝަރުއީ ދާއިރާއާ ގުޅުން ހުރި އިދާރާތައް ނުވަތަ ތަންފީޒީ އިދާރާތަކުގެ މުސާރައިގެ އޮނިގަނޑު ރަނގަޅު ކަމަށާއި އެ ގޮތަށް ބަލައިފި ނަމަ ޝަރުއީ ދާއިރާއަކީ "އެއްވެސް ބާރެއް ނެތް" ބާރެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) ގެ ރައީސް ހުސައިން ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

ކޯޓުތަަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރަން ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ ވިދާޅުވީ، މައްސަލަތައް ނިންމުން ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ހިމެނޭ ކަމަށެވެ. ފުލުހުން ހާޒިރުކުރަން ޖެހޭ ހެކިން ހާޒިރު ނުކުރެވިގެން މައްސަލަތައް ކެންސަން ކުރަން ޖެހުމަކީ ވެސް މައްސަލަތައް ލަސްވާ ސަބަބެއް ކަމަށް ރިޒާ ވިދާޅުވި އެވެ.

މައުޟޫޢުތަށް