ތަރައްގީއަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތައް ކުރެއްވި އެހެން ވެރިއަކު ނެތް: ގާސިމް

މިހާރު

6 އޮކްޓޯބަރު 2025 | ހޯމަ | 7:12

ގައުމުގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާހާ ގިނަ މަސައްކަތްތައް ކުރެއްވި އެހެން ވެރިއަކު މި ގައުމުން އަދި ނުދެކޭ ކަމަށް ވިދާޅުވެ ރައީސަށް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ތައުރީފް ކުރައްވައިފި އެވެ.

އދ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ވަޑައިގަތީ މަޖިލީހުގައި ގާސިމް ތަމްސީލްކުރައްވާ މާމިގިލީ ދާއިރާގައި ހިމެނޭ ފެންފުއްޓަަށެވެ. ގާސިމްގެ އުފަން ރަށަކީ އެ އަތޮޅު މާމިގިއްޔެވެ.

ފެންފުށީގެ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރައީސް މުއިއްޒު ހަވާލުވުމާ ހަމައަށް ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު ތަރައްގީގެ މިހާ ގިނަ މަޝްރޫއުތައް ހިންގާފައި ނުވާ ކަމަށެވެ.

މައުޟޫޢުތަށް