ބޭސް ހޯދުމާއި އެހެން ހިދުމަތްތަކުގައި ހެލްތު ސެންޓަރުތަކަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސަނީ
މިހާރު
7 އޮކްޓޯބަރު 2025 | އަންގާރަ | 12:44
ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ބޭހާއި އެހެން ހިދުމަތްތައް ފޯރުކޮށްދޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް، އެތަންތަނަށް ހެލްތު މިނިސްޓްރީއާ ސީދާ މުއާމަލާތު ކުރެވޭ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާމިގިލީގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ނިޒާމުގައި މިހާރު އޮންނަ ފަށަލަތައް ގިނަ ކަމުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ސަރުކާރުގެ ބޭސް ކުންފުންޏެއް އުފެއްދެވި އެއް ސަބަބަކީ ބޭސް ފޯރުކޮށްދިނުމުގެ ލުއިތަކާއި ދެން ވެސް ހުރި އުނދަގޫ ކަންކަން ހައްލުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސިއްހީ ނިޒާމަށް ގެންނަވާ ބަދަލާ އެކު ހެލްތު ސެންޓަރުތަކަށް ކުރިއަށް އޮތް ތަނުގައި ސީދާ ހެލްތު މިނިސްޓްރީ ނުވަތަ ފިނޭންސް މިނިސްޓްރީއާ މުއާމަލާތްކޮށްގެން ކަންކަން ހައްލު ކުރެވޭނެ އެވެ.