ރަށުން ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ހަދަނީ މާލެ އާއި އަތޮޅުގެ މައި ރަށަށް އަޅުދާސްތުވުން ހުއްޓުވަން: ރައީސް

މިހާރު

7 އޮކްޓޯބަރު 2025 | އަންގާރަ | 1:09

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ހުރިހާ ހިދުމަތެއް ލިބޭގޮތަށް ހަދަން މި ސަރުކާރުން މަސައްކަތް ކުރަނީ އެ ރަށްރަށުގައި ދިރިއުޅޭ މީހުން އަތޮޅުގެ މައި ރަށަށް ނުވަތަ މާލެއަށް "އަޅުދާސްތުވެގެން" ތިބެން ބޭނުން ނުވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި އޭޓީއެމް ބަަހައްޓާތީ އިދިކޮޅު ފަރާތްތަކުން ފާޑުވިދާޅުވާ ކަމަށެވެ. އެކަމަކު އޭޓީއެމް އަކީ ކިހާ ބުރަ ދަތުރެއްގެ ނިމުން ކަން އެ ރަށެއްގެ ރައްޔިތުންނަށް އިހްސާސްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށްދޭ އެފަދަ ހިދުމަތްތަކާ ހެދި ސަރުކާރަށް މަލާމާތް ކުރިއަސް ކޮންމެ ރަށެއްގައި ވެސް އަސާސީ ހިދުމަތްތައް ލިބެން ޖެހެ އެވެ.

މައުޟޫޢުތަށް