މޮނާކޯގައި ތަފާތު ދައްކައި ފާޓީ ކުރީގެ ފޯމަށް އެނބުރި އަންނަނީ!
މިހާރު
7 އޮކްޓޯބަރު 2025 | އަންގާރަ | 1:00
ބާސެލޯނާގެ ލޯން ޓްރާންސްފާގައި ފްރެންޗް ލީގުގެ މޮނާކޯ އަށް ބަދަލުވެ ފޯވާޑް އަންސޫ ފާޓީ އަލުން ކުރީގެ ކުޅުން ދައްކަން ފަށައިފި އެވެ.
ބާސާގައި ކުރިން "ނިއު މެސީ" ގެ ގޮތުގައި މަޝްހޫރު ކުރި ފާޓީ އަށް ކައިރިކައިރީގައި ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ހެދި އޭނާގެ ކުޅުން އެއްކޮށް ގެއްލުނެވެ. އަނިޔާއިން ރަނގަޅުވެގެން އެނބުރި އައި ނަމަވެސް، ކުރީގެ ކުޅުން އޭނާ އަކަށް ތަކުރާރެއް ނުކުރެވުނެވެ.
ލޯނު އުސޫލުން މީގެ ކުރިން ކްލަބް ބަދަލު ކުރި ނަމަވެސް އަސްލު ކުޅުމެއް ނުދެއްކުނެވެ. މިދިޔަ އަހަރު އޭނާ ހޭދަ ކުރީ ބްރައިޓަންގަ އެވެ.