ހޫނުވި މެޗުގައި އެސްޕަންޔޯލްގެ ކުރީގެ ރައީސް ވެސް މާރާމާރީ ހިންގައިފި
މިހާރު
7 އޮކްޓޯބަރު 2025 | އަންގާރަ | 7:06
އާދިއްތަ ދުވަހު ލަލީގާގައި ރެއާލް ބެޓިސް އަތުން އެސްޕަންޔޯލް ބަލިވި މެޗު ހޫނުވެ، ކްލަބްގެ ކުރީގެ ރައީސް ވެސް މާރާމާރީ ހިންގައިފި އެވެ.
އެސްޕަންޔޯލްގެ ރައީސްކަން 2012 އިން 2016 އަށް އަދާކުރި ޔޮއާން ކޮޔެޓް މެޗު ބަލަން ހުރި އެސްޕެންޔޯލްގެ ދަނޑުގެ ވީއައިޕީ އޭރިއާގަ އެވެ.
ދަނޑުމަތީގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވެސް ހޫނުވި މެޗު ނިމުނު ފަހުން، ވީއައިޕީ ބޮކްސްގައި ތިބި ރެއާލް ބެޓިސްގެ ސަޕޯޓަރުން އެސްޕަންޔޯލްގެ ސަޕޯޓަރުންނާ ދިމާކޮށްލުމުން އުފެދުނު ހާލަތު ކޮންޓްރޯލް ކުރަން ކޮޔެޓް މަސައްކަތް ކުރި އެވެ.