އާ ޓާމިނަލުން ގަލްފް އެއާއަށް ވެސް ހިދުމަތް ދޭން ފަށައިފި
މިހާރު
7 އޮކްޓޯބަރު 2025 | އަންގާރަ | 10:10
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ގަލްފް އެއާ އަށް ވެސް ހިދުމަތް ދޭން ފަށައިފި އެވެ.
ގަލްފް އެއާއަށް ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށުން ފާހަގަކުރަން އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން އަބްދުالله ގިޔާސްއެވެ. ގަލްފް އެއާގެ އެއާޕޯޓް މެނޭޖަރު މުހައްމަދު އަރުޝަދު މުހައްމަދު ނަވާސް އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އަދި އެމްއޭސީއެލް އާއި ގަލްފްއެއާގެ އިސް އެހެން އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ގަލްފް އެއާއިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ހަދިޔާ ދިނުން އޮތެވެ.