ބާރުތީއަށް ދެވަނަ ކުއްޖަކު ލިބޭކަން ހާމަކުރީ ސުވިޒަލެންޑުގައި ޗުއްޓީ ހޭދަކުރަމުން
މިހާރު
7 އޮކްޓޯބަރު 2025 | އަންގާރަ | 11:41
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕުލް ބާރުތީ ސިންގު އާއި ހާޝް ލިމްބާޗިޔާއަށް ދެވަނަ ކުއްޖަކު ލިބޭކަން އިއްޔެ އިއުލާންކޮށްފި އެވެ.
އެ ދެމަފިރިންނަށް ދެވަނަ ކުއްޖަކު ލިބޭކަން އިއުލާންކުރީ އާއިލާއާ އެކު ސުވިޒަލެންޑުގައި ޗުއްޓީ ހޭދަކުރަމުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
ސުވިޒަލެންޑުގެ ރީތި ފަރުބަދަތައް ފަހަތުން ފެންނަ ގޮތަށް ނަގާފައިވާ އެ ދެމަފިރިންގެ ފޮޓޯއަކާ އެކު ކުރި ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައި ވަނީ "ވީ އާ ޕްރެގްނެންޓް އެގެއިން" އެވެ.