މިނިސްޓަރުންގެ މާލީ ބަޔާން އާއްމުކުރުން ލާޒިމްކުރާ އިސްލާހު ޕީއެންސީގެ ތާއީދާ އެކު ބަލައިގެންފި

މިހާރު

7 އޮކްޓޯބަރު 2025 | އަންގާރަ | 3:42

މިނިސްޓަރުންގެ މާލީ ބަޔާން އާއްމުކުރަން އޮޑިޓަ ޖެނެރަލަށް ލާޒިމްކޮށް އަދި މާލީ ބަޔާން ހުށަނާޅާ މިނިސްޓަރުންނަށް ފިޔަވަޅު އަޅާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލު ޕީއެންސީގެ މެމްބަރުންގެ ތާއީދާ އެކު، މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަންނަން މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.

ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިިހާރު އޮންނަނީ މިނިސްޓަރުންގެ މާލީ ބަޔާން ކޮންމެ އަހަރަކު އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކުޑޫ ހުށަހެޅުއްވީ އެ މާއްދާ އަށް އަކުރުތަކެއް އިތުރުކޮށް، މިނިސްޓަރުންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލްގެ އިތުރުން މަޖިލީހަށް ވެސް ހުށަޅަން ލާޒިމްކޮށް، ބަޔާންތައް އާއްމުކުރަން އޮޑިޓާ ޖެނެރަލަށް ލާޒިމު ކުރުމަށެވެ.

މައުޟޫޢުތަށް