"ވޯލްޑް ސައިޓް ޑޭ" ގެ ކުރެހުމުގެ މުބާރާތުގެ މުއްދަތު އައިކެއާ އިން އިތުރުކޮށްފި

މިހާރު

7 އޮކްޓޯބަރު 2025 | އަންގާރަ | 4:05

މި އަހަރުގެ ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް ކުޑަކުދިންނަށް ހާއްސަކޮށް އައި ކެއާ އިން ހުޅުވާލި ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެ މުބާރާތަށް ކުރެހުން ހުށަހަޅަން ހުޅުވާލާފައިވަނީ ލޮލުގެ ފެނުމާއި ދުވަހުގެ ތީމާ ގުޅޭ ދެ ދާއިރާއަކުންނެވެ. އެއީ ލޯ ދެކެ ލޯބިވުން މާނަކުރާ ގޮތާއި ލޮލުގެ ދުޅަހެޔޮކަމާއި މީހުންނާ އޮތް ގުޅުމެވެ.

ލޯ ދެކެ ލޯބިވުން މާނަކޮށް އެ މުބާރާތަށް ކުރަހާ ކުރެހުންތަކަކީ ލޮލުގެ ޓެސްޓުތައް ގަވާއިދުން ބެލެހެއްޓުމުގެ މުހިންމު ކަމާއި ސެލްފްކެއާގެ ދަށުން ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވެން ހުރި ކަންތައްތަކަށް ހިތްވަރުދޭ ކުރެހުންތަކަކަށް ވާންވާނެ އެވެ.

މައުޟޫޢުތަށް