އަންނަ ދިރާސީ އަހަރު ހުރިހާ ކުދިން ނުކުންނާނީ އޭސީ ކްލާސްރޫމްތަކަށް: ރައީސް
މިހާރު
7 އޮކްޓޯބަރު 2025 | އަންގާރަ | 11:42
ކުރިއަށް އޮތް ދިރާސީ އަހަރު ކިޔެވުން ފެށޭއިރު، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ޓީޗަރުން ތިބޭ ސްޓާފްރޫމްތައް ހުންނަނީ އޭސީ ކޮށްފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އެ އަތޮޅު މަހިބަދޫ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތައުލީމީ ދާއިރާ އަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
އެއީ އެންމެ އިސްކަންދޭ އެއް ދާއިރާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ އުމްރާނީ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފަށައި އެއްފަހަރާ ކުރިއަށް ގެންދާ ކަމަށެވެ.