ކޮރަޕްޝަންގެ މައްސަލަ ހައްލު ކުރަން ހަ ބިލެއް މަޖިލިހަށް ހުށަހަޅަން ތައްޔާރުވަނީ
މިހާރު
7 އޮކްޓޯބަރު 2025 | އަންގާރަ | 11:55
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ އަދި އިޖުތިމާއީ ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން، ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރުގެ ތެރޭގައި 27 ބިލެއް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފި އެވެ.
އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދު އަށް މިއަދު ހަވީރު ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ 27 ބިލްގެ ތެރެއިން ހަ ބިލެއް ހާއްސަ ކުރަނީ ކޮރަޕްޝަންގެ މައްސަލަތަކަށް އެޑްރެސް ކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަޖިލީހުގެ ތެރެއިން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިގޮތުން މިހާރު ވެސް 18 ބިލެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.