ކޮންމެ ވިސާއެއްގައި ވެސް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން ސައޫދީން ނިންމައިފި
މިހާރު
8 އޮކްޓޯބަރު 2025 | ބުދަ | 6:17
ސައްހަ ވިސާއެއްގައި ސައޫދީ އަރަބިއްޔާއަށް އެތެރެވާ ކޮންމެ މުސްލިމަކަށް ވެސް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން އެ ގައުމުން ނިންމައިފި އެވެ.
"ސައޫދީއަށް ޒިޔާރަތްކޮށް އުމްރާގެ އަޅުކަން އަދާކުރަން ގަސްތުކުރަންތަ؟ މިހާރު ކޮންމެ ވިސާއެއްގައި އަޔަސް އުމްރާކުރެވޭނެ،" ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން އެކްސްގައި ލިޔެފައިވެ އެވެ.
"ﷲ ގެ މެހެމާނުންނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކޮށްދިނުމަށް، ހުރިހާ ވިސާ ހޯލްޑަރުންނަށް އުމްރާގެ އަޅުކަން ކުރުމުގެ ހުއްދަ މިހާރު އޮންނާނެ. އޭގެ ތެރޭގައި އަމިއްލަ، އާއިލާގެ މީހުންނާ ބައްދަލުކޮށްލަން ކުރާ ދަތުރުތަކަށް ނަގާ ޕާސަނަލް ވިސާ، ޓްރާންސިޓް ނުވަތަ ސްޓޮޕްއޯވާ ވިސާ، ވޯކް ވިސާ، ޓޫރިސްޓް އީ-ވިސާ އަދި އެނޫން ހުރިހާ ވިސާއެއް އޮންނަ މީހުން ވެސް ހިމެނޭ،" އެ ޕޯސްޓްގައި ބުނެފައިވެ އެވެ.