ބިދޭސީ ކުޅުންތެރިން ގައުމީ ޓީމަށް ކުޅުވަން މެލޭޝިއާއިން ހުށަހެޅީ ފޭކް ލިޔުން: ފީފާ
މިހާރު
8 އޮކްޓޯބަރު 2025 | ބުދަ | 7:18
ގައުމުން ބޭރު ކުޅުންތެރިން މެލޭޝިއާގެ ގައުމީ ޓީމަށް ކުޅުވަން، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހެޅީ ފޭކް ލިޔުންތަކެއް ކަމަށް ފީފާއިން ބުނެފި އެވެ.
ފީފާއިން ހޯމަ ދުވަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ މެލޭޝިއާގެ ގައުމީ ޓީމަށް ކުޅުނު އެހެން ގައުމުތަކަށް އުފަން ހަތް ކުޅުންތެރިންގެ ނަމުގައި ހުށަހެޅީ ސައްހަ ލިޔުންތަކެއް ނޫން ކަމަށެވެ.
އެ ތުހުމަތުގައި ފީފާއިން އެ ހަތް ކުޅުންތެރިން ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އެއް އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. ކޮންމެ ކުޅުންތެރިޔަކުން 2،000 ސްވިސް ފްރޭންކު (2،504 ޔޫއެސް ޑޮލަރު) ން ޖޫރިމަނާ ކުރި އެވެ. މެލޭޝިއާގެ އެފްއޭ ވެސް 438،000 ޑޮލަރުން ޖޫރިމަނާ ކުރި އެވެ.