އަންނަ އަހަރުގެ ދަރަނިތައް ނުދެއްކޭނެ ކަމުގެ ޝައްކުތައް ފިލައިފި: ތޯރިގް
މިހާރު
8 އޮކްޓޯބަރު 2025 | ބުދަ | 8:57
ތޯރިގް ވިދާޅުވީ އަންނަ އަހަރުގެ ދަރަނިތައް ދެއްކުމަށްޓަކައި ސަރުކާރުން އަންނަނީ "އަރިއަކަށް ފައިސާ ޖައްސަމުން" ކަމަށް.
މި ސަރުކާރުން އަންނަ އަހަރު ދައްކަން ޖެހިގެން އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު ނެގި ދެ ލޯނެއް ކަމަށާއި އިގުތިސާދަށް ބުރަ ބޮޑުވެގެން އުޅޭ އެއް ސަބަބަކީ އެއީ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަހިބަދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ބޭއްވި ޖަލްސާގަ އެވެ.